ދީން

147  ވަނަ ފިލާވަޅު: ރަމަޟާންމަސް ވަދެއްޖެކަން ޘާބިތުކުރުން (ތިންވަނަ ބައި) 

(2)ޝައުބާންމަހު 30 ދުވަސް ހަމަކުރުން

(1)ޝަޢިބާންމަހުގެ  29 ވަނަ ދުވަހު ( 30 ވަނަ ވިލޭރޭ) ހަނދުނުފެނިއްޖެނަމަ ، ފަހެ އެހާރުން ޝަޢުބާންމަހުގެ 30 ވަނަ ދުވަސް ފުރިހަމަކުރާނީއެވެ. އެއީ އުޑު ފާޅުކޮށް (ސާފުކޮށް) ހުއްޓަސް ނުވަތަ  ވިލާތަކުގެ ސަބަބުން  ސާފުނޫންކޮށް (ފަނޑުކޮށް)  ހުއްޓަސްމެއެވެ■ 4 މަޛްހަބު

(2) ޝަޢުބާންމަހު 30 ވަނަ ދުވަހު (ޝައްކު ދުވަހު) : (1) އެދުވަހަކީ ރަމަޟާންމަހަށް ވެދާނެކަމުގެ ބިރަށް : ނުވަތަ (2) ރައްކާތެރިވުމުގެ ގޮތުން( ނުހިފާ ގޮއްސިއްޔާ ރަމަޟާންމަހު ރޯދައެއް ނުހިފި ގޮސްދާނެކަމަށް ޝަޢުބާން 30 ރޯދަހިފުން)  : ރޯދަހިފުން ހުއްދަވެގެންނުވެއެވެ ■ މާލިކީ އަދި ޝާފިޢީ މަޛްހަބު ، އަޙުމަދުގެ ރިވާޔަތެއް ، ބައެއް ސަލަފުން ،  ޖައްޞާޞް، އިބްނު ޙަޒުމް ، އިބްނު ޢުޘައިމީން 

ނޯޓް :….. ޝަޢުބާންމަހުގެ ދެބައިކޮށްފައި ރޯދަހިފުން 2 ބަޔަށް ބެހިގެންވެއެވެ. (1) ޝަޢުބާންމަހުގެ 16 ވަނަ ދުވަހުން 28 ވަނަދުވަހު ރޯދަހިފުން : ކުރީގެ އާދައެއްނުވާނަމަ މިދުވަސްތަކުގައި ރޯދަހިފުން މަކްރޫހައެވެ.

(2)އާދައެއްނެތްނަމަ ، ޝައްކުގެދުވަހު ރޯދަހިފުން(ރަމަޟާންމަހުގެ އެއްދުވަސް ނުަުވަަތަ 2 ދުވަސްކުރި) ހުއްދަވެގެންނުވެއެވެ. ( އާދައެއްވާނަމަ ހުއްދައެވެެ. މިޝާލު : ކޮންމެ ހަފްތާއެއްގެ ހޯމަ  އަދި ބުރާސްފަތިދުވަހު ބަރާބަރަށް ރޯދަ ހިއްޕަވާ ބޭފުޅެއްނަމަ ޝައްކުގެދުވަހު ރޯދަހިފުން ހުއްދައެވެ. އަދި ޤަޟާރޯދައެއްވާނަމަ ހިފުންވެސް ހުއްދައެވެ.ޝައްކުގެ ދުވަހު)  (އިސްލާމް.ކިއު.އޭ ))

(3)ފަަލަކީ ހިސާބަށް ހަމައެކަނި އިޢުތިމާދުވެ :: ރަމަޟާންމަސް ވަންކަމަށް ހަނދު ޘާބިތުކުރުން ހުއްދަވެގެންނުވެއެވެ.އަދި ހަމައެކަނި ފަލަކީ ހިސާބަށް ބަލާ (އެއިން ނިކުންނަ ނަތީޖާއަށް)  ޢަމަލުކުރުން ހުއްދަވެގެންނުވެއެވެ. ■  މުސްލިމުންގެ އިއްތިފާޤު 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button