ޚަބަރު

މި ރޭގެ މެޗުން މޮޅުވެއްޖެ ނަމަ ބާރަށާއި، ފިއްލަދޫގެ އުންމީދު އާވެ ކެލާއަށް ސެމީ ކަށަވަރުވާނެ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގަައި ހއ. އަތޮޅުގެ ގްރޫޕް އޭ ގައި މިރޭ ކުޅޭ މެޗް ކާމިޔާބުކޮށް ބާރަށާއި،  ފިއްލަދޫގެ އުންމީދު އާވެ، ކެލާއަށް ސެމީ ފައިނަލް ކަށަވަރު ވާނެއެވެ.

ހއ. އަތޮޅުގެ ގްރޫޕް އޭ ގައި 2 މެޗު ކުޅެ 6 ޕޮއިންޓާ، ފައިދާ 7 ގޯލާއެކު ތާވަލުގެ އެންމެ ކުރީގައި އޮތް ކެލާ، ހޯރަފުއްޓާއެކު މިރޭ ކުޅޭ މެޗު ކާމިޔާބު ކޮށްފި ނަމަ، 9 ޕޮއިންޓާއެކު ސެމީ ފައިނަލް ކަށަވަރު ވާނެއެވެ. މި ރޭގެ މެޗަށް ނުކުންނަ އިރު ވެސް ހޯރަފުށި ވަނީ މުބާރާތުން ކުރިއަށް ދިޔުމުގެ ފުރުޞަތު ބަންދު ވެފައެވެ. ކުޅުނު 3 މެޗުން ހޯރަފުއްޓަށް ލިބިފައި ވަނީ 1 ޕޮއިންޓެވެ.

މި ގްރޫޕްގައި މިރޭ ކުޅޭ ބާރަށާއި، ފިއްލަދޫއަށް ވެސް މި ރޭގެ މެޗު ކާމިޔާބުކޮށް ސެމީގެ ޖާގަ ލިބުމުގެ ފުރުޞަތު އެބަ އޮތެވެ. މި ދެ ޓީމަށް ބަލައި އިރު، ކުޅުނު ދެ މެޗުން ބާރަށަށް ލިބިފައި ވަނީ 3 ޕޮއިންޓެވެ. ފައިދާ ގޯލުގެ ޢަދަދަކީ 0 އެވެ. ފިއްލަދޫއަށް ލިބިފައި ވަނީ ކުޅުނު ދެ މެޗުން 1 ޕޮއިންޓެވެ. ފައިދާ ގޯލުގެ ޢަދަދަކީ މައިނަސް 5 އެވެ. އެހެންނަމަވެސް މިރޭގެ މެޗު ކާމިޔާބުކޮށް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުޞަތު މި ދެ  ޓީމަށް ވެސް އަދި އެބަ އޮތެވެ.

މި ރޭގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ 8.00 ގައެވެ. މެޗުތައް ހިނގަމުން ދަނީ ހުޅުމާލޭ ފޭސް އެކެއްގެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި މެޗުތައް ބައްލަވައިލެއްވުމަށް މި ހަތަރު ރަށުގެ މާލޭ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކުން ދަނޑަށް ދިޔުމަކީ “ތިލައުތުރު” ނޫހުގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Check Also
Close
Back to top button