ދީން

145 ވަނަ ފިލާވަޅު : ރަމަޟާންމަސް ވަދެއްޖެކަން ޘާބިތުކުރުން (ފުރަތަމަ ބައި) 

■ (1)ޝަޢުބާންމަހުގެ 30 ވަނަ ވިލޭރޭ  (އެބަހީ : ޝަޢުބާން 29 ވަނަ ދުވަހުގެ ރޭ) ހަނދު ބެލުމަކީ  ފަރުޟު ކިފާޔަތެކެވެ.( ކޮންމެސް އެއްބަޔެއްގެ މައްޗަށް ވާޖިބެކެވެ. އެއްބަޔަކު ކުރުމުން އެންމެންގެ މަތިން ފާފައުފުލިގެންދެއެވެ.) ■ ޙަނަފީން މިފަދައިން ނައްޞު ( ބަޔާން) ކުރައްވާފައިވެއެވެ 

■ (2)ޝައުބާންމަހުގެ 30 ވަނަ ވިލޭރޭ  (އެބަހީ : ޝަޢުބާން 29 ވަނަ ދުވަހުގެ ރޭ) ހަނދު ފެނިއްޖެނަމަ (އަނެެއް ދުވަހު) ރަމަޟާންމަހު އެއްވަނަ ދުވަހު ރޯދަހިފުން ވާޖިބުވެގެންވެއެވެ ■ މުސްލިމުންގެ އިއްތިފާޤު 

■ (3)އަދުލުވެރިއަކު (އެެންމެ މީހެއް) ރަމަޟާންމަހުގެ ހަނދު ފެނިއްޖެކަމަށް ހެކިވެއްޖެނަމަ ފަހެ އެހާރުން ރަމަޟާންމަސް ވަދެއްޖެކަން ޘާބިތުކުރުމަށް ފުދިގެންވެއެވެ. (ހަނދު ފެނިއްޖެކަމަށް އެންމެ އަދުލުވެރިއަކު (1) ބޮޑެތި ފާފަތަކުން ދުރުހެލިވާ (2) ކުދިފާފަ މަތީ ދެމިނުހުރުން (3) ފާސިޤުމީހެއްގޮތުގައި އެނގިފައިނުވުން..)  ހެކިވުމުން ފުދިގެންވެެއެވެ.) ■ ޝާފިޢީ  އަދި ޙަންބަލީ މަޛްހަބު ، ސަލަފުންގެ ބައެއް ބޭކަލުން ، އިބްނު ބާޒު ، އިބްނު ޢުޘައިމީން 

■ (4)މީހަކަށް ރަމަޟާންމަހުގެ ހަނދުފެނި : (1) ފެނުނުކަމަށް ހެކިނުވާނަމަ (2) ނުވަތަ ހަނދު ފެނުނުކަމަށް ހެކިވިނަމަވެސް ޝަހާދަތް ޤަބޫލުނުރެވުނުނަމަ : ފަހެ މިހާލަތުގައި އެއިންސާނާ (ހަަމައެކަނި ހަނދު އެފެނުނު އިންސާނާ)  ރޯދަ ހިފާނެތޯ  ނުވަތަ ނޫންތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

(1)އެއިންސާނާ މިހާލަތުގައި (އަނެއް ދުވަހު) ރޯދަހިފާނެއެވެ.އެއީ އިންސާނާ ހަނދު ފެނިފައިވާތީއެވެ ■ 4 މަޛްހަބު ، ޘާހިރީންގެ ބަސްފުޅު ، ގިނަ ޢިލްމުވެރިންވަނީ މިފަދައިން

(2)މިހާލަތުގައި  އެއިންސާނާ މީސްތަކުންނާއިއެކު ރޯދަހިފާނީއެވެ. އެއިންސާނާއަށް ހަނދު ފެނުނަސް އެފެނުމަށް ބިނާނުކުރާނީއެވެ. ■ ބައެއް ސަލަފުން ، އަޙުމަދުގެ ރިވާޔަތެއް ،އިބްނު ތައިމިއްޔާ ، އިބްނު ބާޒު  

)މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން(

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button