ކުޅުނު 2 މެޗް ކާމިޔާބުކޮށް ގްރޫޕްގެ 1 ވަނާގައި ކެލާ ހަމަޖެހިލި އިރު، ގުރޫޕްގެ ދެ ވަނާގައި މާރަންދޫ
ގޯލްޑަން ފްޓްސަލް ޗެލެންޖް 2025 ގައި ކުޅުނު 2 މެޗް ކާމިޔާބުކޮށް ގްރޫޕްގެ 1 ވަނާގައި ކެލާ ހަމަޖެހިލި އިރު، ދެ ވަނާގައި މާރަންދޫ ވެސް ހަމަޖެހިލައިފިއެވެ.
ގޯލްޑަން ފްޓްސަލް ޗެލެންޖް 2025 ގައި ހއ. އަތޮޅު އޭ ގްރޫޕްގެ 1 ވަނާގައި 6 ޕޮއިންޓާއެކު ކެލާ ހަމަޖެހިލީ، މިރޭ ފިއްލަދޫއާއެކު ކުޅުނު މެޗް 5 ލަނޑު 0 ލަނޑުން ފިއްލަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗްގައި ކެލާ ޓީމަށް ލަނޑު ޖައިދިނީ ޤާސިމް އަޠޫފާއި، މަމްދޫޙް ޢަބްދުލް ޤާދިރާއި އަދި އަޙްމަދު ޢިނާދެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެލާ ޓީމަށް 3 ލަނޑު ޖަހައިދިން ޖަރޒީ ނަންބަރު 69 މަމްދޫޙް ޢަބްދުލް ޤާދިރެވެ. މެޗުގެ މޮޅު ކުޅުންތެރިއާއަށް އިނާމް ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި ގުރޫޕްގައި މިރޭ ކުޅުނު ދެ ވަނަ މެޗް ކާމިޔާބުކޮށް ގްރޫޕްގެ 2 ވަނާގައި 6 ޕޮއިންޓާއެކު މާރަންދޫ ހަމަޖެހިލީ މިރޭ ހޯރަފުއްޓާއެކު ކުޅުނު މެޗް 3 ލަނޑު 0 ލަނޑުން ހޯރަފުށި ބަލިކޮށްގެންނެވެ. މި މެޗުގައި މާރަންދޫއަށް ލަނޑު ޖަހައިދިނީ އެ ޓީމުގެ އަޙްމަދު މުޙައްމަދާއި، ޙަމްދޫން ޢަބްދުއްލަޠީފާއި އަދި އާދަމް ޙަބީބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާރަންދޫ ޓީމުގެ ޖަރޒީ ނަންބަރު 16 ޙުމައިދު ޙުސައިނެވެ. މެޗުގެ މޮޅު ކުޅުންތެރިއާއަށް އިނާމް ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މޫސާއެވެ.
ހއ. އަތޮޅު އޭ ގްރޫޕްގެ ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް
ޓީމް ކެލާ: 6 ޕޮއިންޓް ކުޅުނު މެޗްގެ ޢަދަދު 2
ޓީމް މާރަންދޫ: 6 ޕޮއިންޓް ކުޅުނު މެޗްގެ ޢަދަދު 3
ޓީމް ބާރަށް: 3 ޕޮއިންޓް ކުޅުނު މެޗްގެ ޢަދަދު 2
ޓީމް ފިއްލަދޫ: 1 ޕޮއިންޓް ކުޅުނު މެޗްގެ ޢަދަދު 2
ޓީމް ހޯރަފުށި: 1 ޕޮއިންޓް ކުޅުނު މެޗްގެ ޢަދަދު 3
މި ގުރޫޕްގެ މެޗެއް ދެން ކުޅޭނީ އަންނަ ހުކުރުދުވަހުގެ ރޭ 8.00 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކެލާއާއި، ހޯރަފުއްޓެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ފިއްލަދޫއާއި، ބާރަށެވެ.