ދީން

164 ވަނަ ފިލާވަޅު: ރޯދަވެރިޔާއަށް ކުރުން ހުއްދަ ކަންތައްތައް (ފުރަތަމަ ބައި) 

(1)ޖުނުވެރި ހާލަތުގައިވާނަމަ. ފަޖުރުގެ ފަހަށް  ހިނަައިގަތުން ލަސްކޮށްލުން ރޯދަވެރިޔާއަށް ހުއްދަވެގެންވެއެވެ. ■ މުސްލިމުންގެ އިއްތިފާޤު

(2)ޙައިޟުވެރި ހާލަތުގައިވާނަމަ ފަޖުރުގެ ފަހަށް  ހިނަައިގަތުން ލަސްކޮށްލުން ރޯދަވެރިޔާއަށް ހުއްދަވެގެންވެއެވެ. ■  4 މަޛްހަބު 

(3)ރޯދަވެރިޔާ  ނޭފަތާއި އަނގަޔަށް ފެންލުމުގައި (ވުޟޫކުރާއިރު) ކުޑަކޮށް ފެންލުން.   ހުއްދަ ■ މުސްލިމުންގެ އިއްތިފާޤު (އިބްނު ތައިމިއްޔާ  (ރަޙިމަހު ﷲ) ނަޤުލްކުރައްވާ)

(4)ފެންވެރުން ނުވަތަ ހިނައިގަތުން   : ހަރުހިއްކުމުގެ ސަބަބުން ނުވަތަ ހޫނުގަދަވުމުގެ ސަބަބުން ފިނިކުރުމަށް ގަޔަށް ފިނިފެން އެޅުން ރޯދަވެރިޔާއަށް ހުއްދައެވެ■ 4 މަޛްހަބު

(5)ކާތަކެތިން ރަހަބެލުން (ދުލުގައި ޖައްސައިގެން ، ކަރުން އެތެރެއަށް ދިރުވައިނުލާ) (1) ހާޖަތެއް އޮވެގެން : ނުވަތަ (2) މަޞްލަހަތަކަށް { ކާތަކެތިގެ ރަހަ ރަނގަޅުތޯ ބެލުމަށް ، ނުވަތަ ލޮނު ހެޔޮވަރުކުރުމަށް ނުވަތަ ގަންނައިރު ރަނގަޅުތޯ ބެލުމަށްޓަކައި } ■ ރޯދަވެރިޔާއަށް ހުއްދައެވެ. ● ޝަރުތަކީ އެތަކެތި އުކާލުން ނުވަަތަ އަނގަ ދޮވުން ނުވަތަ ދޫ ސާފުކޮށްލުން  ■■ ޖުމްހޫރު

(6)އަނބިމީހާއަށް  އެއްދާންނުވެ  ހަމައެކަނި ބޮސްދިނުން  ނުވަތަ މުބާޝަރާ ކުރުން (ބީހުން ،…)  ހުއްދަވެގެންވެއެވެ. .ޝަރުތަކީ ނަފްސު ހިފެހެއްަޓުމެވެ.( މާނިބެރުވުމުން ، އެއްދާންކުރުން)  ■ ޖުމްހޫރު 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button